ރާއްޖެއަށާއި އިންޑިއާއަށާއި ސްރީލަންކާއަށާއި ތަޖިކިސްތާނަށް ކުރައްވާ ދަތުރުފުޅެއް އަންނަ ހަފުތާގައި ފަށްޓަވާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާސަން ޖިން ގޭން ވިދާޅުވެފައި ވަނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ( އެސްސީއޯ)ގެ 14 ވަނަ ކައުންސިލް އޮފް ހެޑްސް މީޓިން ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޒީ ޖިންޕިން އަންނަ ބުރާސްފަތި ދުވަހު ތަޖިކިސްތާނަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއަށް ފަހު އިންޑިއަށާއި ސްރީލަންކާއަށާއި ދިވެހި ރާއްޖެއަށް ޒީ ދަތުރުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ޗައިނާގެ ރައީސް ޒީޖިންޕިން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނުގެ ދަޢުވަތަކަށެވެ. ރައީސް ޒީގެ ދައުވަތަކަށް ރައީސް ޔާމީނު ވަނީ ކުރިން ޗައިނާއަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެދަތުރުފުޅުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ވިޔަފާރިއާއި އިގުތިސާދީ ކަންކަމުގައި އެހީތެރިވުމަށް މަޝްވަރާތައް ކުރައްއްވާފައި ވެއެވެ.