09 Sep 2014, 13:25
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މިދައުރުގެ ރައީސާއި ނައިބު ރައީސް ކަމަށް ވެސް ހަސަން ލުތުފީ އާއި މުއައްވިޒު ރަޝީދު އިންތިޚާބު ކުރައްވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ކަމަށް ލުތުފީ އަދި ނައިބު ރައީސް ކަމަށް މުއައްވިޒު އިންތިޚާބު ކުރައްވާފައި ވަނީ ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމާ މިދައުރަށް ހަވާލުވެ ވަޑައިގަތުމަށް ފަހު މިއަދު ބޭއްވި ކޮމިޝަންގެ ފުރަތަމަ ބައްދަލުވުމުގަ އެވެ. އެ ދެ ބޭފުޅުން ރައީސާއި ނައިބު ރައީސް ކަމަށް އިންތިޚާބު ކުރެއްވުމަށް ކޮމިޝަންގެ ފަސް މެމްބަރުން ވަނީ އިއްތިފާގުވަޑައިގެންފަ އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ ނ. ހޮޅުދޫ ބޮޑުވަޅުދޮށުގޭ އާމިނަތު މިންނާ އާއި ގއ. ވިލިނގިލީ ވައިޖެހޭގޭ ޔަޒުމީދު މުހައްމަދާއި ގދ. ވާދޫ ސަދަންވިލާ ޞަފްވަތު މުޙައްމަދެވެ.
މިއީ 2008 ވަނަ އަހަރު ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެށުމާ އެކު އައްޔަން ކުރެވުނު ދެވަނަ ކޮމިޝަނެވެ.