09 Sep 2014, 12:52
މެޗުގެ ފަހު ހާފުގައި އާސެނަލްގެ ފޯވާޑް ޑެނީ ވެލްބެކް ޖަހައިދިން ދެ ލަނޑާއެ، ސްވިޒަލޭންޑް އަތުން 2-0 އިން މޮޅުވެ،
ޔޫރޯ 2016ގެ ކޮލިފައިންގައި އިންގްލޭންޑް ފެށުން ރަނގަޅުކޮށްފި އެވެ.
ސްވިޒަލެންޑް 1994 ވަނަ އަހަރުގެ ވޯލްޑް ވޯލްޑް ކަޕަށް ގެންގޮސްދިން ކޯޗު ރޯއި ހޮޖްސަން ވަނީ އިންގްލެންޑް ޓީމު ރޭގެ މެޗަށް ނުކުތް އިރު އިތުރު ހިތްވަރެއް ލުމަށް ޓީމަށް ގޮވާލައިފައެވެ. ނޯވޭއާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗުގައި އިންގްލެންޑުން ގެނެސްދިން ނަތީޖާއަކީ އެންމެ އެދެވޭ ނަތީޖާއެއް ނޫންކަމަށް ހޮޖްސަން ވަނީ ޓީމުގެ ކުޅުންތެރީންނަށް ވިސްަނައިދީފަ އެވެ.
ރޭގެ މެޗުގައި އިންގްލެންޑުން ކުރަމުން އައި ބުރަ މަސައްކަތުގެ ނަތީޖާ ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފު ފެށިގެން 14 ވަނަ މިނެޓުގައެވެ. 59 ވަނަ މިނެޓުގައި ވެލްބެކްގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ އެޓީމުގެ ފޯވާޑު ރިކީ ލެމްބާޓުގެ ރީތި ޕާހެއް ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ދެވަނަ ހާފުގެ ކުރީ ކޮޅުގައި އިންގްލެންޑުގެ މިޑްފީލްޑަރު ރަހީމް ސްޓާލިންގް ވަނީ ގިނަ އޯޕަން ޕާސްތަކެއް އެޓީމުގެ ކުޅުންތެރީންނަށް ތަނަވަސް ކޮށްދީފަ އެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހިތާ 15 މިނިޓަށް ފަހު 19 އަހަރުގެ ސްޓާލިންގް ވަނީ 'ފޯ އޮން ޓޫ ކައުންޓާ އެޓެކް' އެއްގައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ވޭން ރޫނީއަށް ލަނޑު ޖަހާނޭ ރަނުގެ ފުރުސަތެއް ތަނަވަސްކޮށްދީފައެވެ. ނަމަވެސް ރޫނީއަށް އެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި އިންގްލެންޑުގެ ފަހު ގޯލް ވެލްބެކް ޖެހިއެވެ. ސްވިޒަލެންޑްގެ ސޮމާސް ކައިރިން ނައްޓުވާލުމަށްފަހު ވެލްބެކް ޖެހި ގޯލާއެކު މުޅި ދަނޑު ވަނީ އެއް އަޑަކުން ގުގުމަލާފައެވެ.
ސުވިޒަލެންޑުން ދެއްކި ވަރުގަދަ ކުޅުމާއެކު ވެސް އެޓީމަށް ލަނޑެއް ނުޖެހި މެޗު ނިމުނީ 2-0 އެޓީމު ބަލިވެގެންނެވެ.