09 Sep 2014, 00:09
ޔޫރަޕްގެ ފުޓްބޯޅައިގަ އިވާދަކުރުމުގެ ފުރުސަތު މިއަހަރު އަލަށް ލިބުނު ޖިބްރަލްޓާ އާ ވާދަކޮށް ޕޯލެންޑް ވަނީ ޔޫރޯ 2016ގެ ކޮލިފައިން ގުރޫޕް ސްޓޭޖުގައި 7-0 ލަނޑުން މޮޅުވެފައެވެ.
ގާތްގަނޑަަކަށް 30،000 ގާތްކުރާ ވަރުގެ އާބާދީއެއް އޮންނަ ޖިބްރަލްޓާގެ ގައުމީ ފުޓްބޯޅަ ޓީމު، ވިލާތުގެ ފުޓްބޯޅައިގެ ގަދަ ބާރަކާ ދެކޮޅަށް ނުކުތް އިރު ދެ ޓީމުގެ ފަރަގު ހުރީ، ޖިބްރަލްޓާގެ ފުރަތަމަ 11 ގައި ކުޅެފަވަނީ ޕްރޮފެޝެނަލް ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެންމެ ދެ ކުޅުންތެރީންނެވެ.
ޖިބްރަލްޓާގެ ފުރަތަމަ އެގާރައިން ފެނިގެންދިޔައީ އެގައުމުގައި މަސައްކަތް ކުރާ ފަޔަމަނުންނާއި އެޑްމިނިސްޓްރޭޓިވް ސެކްރެޓަރީންނާއި، ޔުނިވާސިޓީގެ އޮޕަރޭޝަން މެނޭޖަރުންނާއި ޑިރެކްޓަރުންނާއި އެގައުމުގައި މަސައްކަތް ކުރާ ފުލުސް އޮފިސަރުންނާއި އިލެކްޓްރިކް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ކަސްޓަމްސް އޮފިސަރުންނެވެ.
އެ މެޗުގައި ޖިބްރަލްޓާއަށް ތިންބެއިން ކުޅުނުއިރު އެ ޓީމުގެ ކެޕްޓަންކަން ކޮށްފައިވަނީ ކަސްޓަމްސް އޮފިސަރެކެވެ. އެހެން ނަމަވެސް މި ހުރިހާ ކުޅުންތެރީންނަކީ ވެސް އެގައުމުގެ ލީގުގެ ކްލަބްތަކަށް ކުޅެމުން އަންނަ ކުޅުންތެރިންނެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ޖަރުމަނުގެ ބަޔާން މިއުނިކްއަށް ކުޅެމުން އަންނަ ޕޯލެންޑްގެ ލެވެންޑޮސްކީ ވަނީ ޖިބްރަޓާ ކޮޅަށް ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗައް ފަހު ޖިބްރަލްޓާގެ ކޯޗު އެލެން ބުލާ ބުނެފަވަނީ އަމަޒަކީ ޕްލޭއޯފް ކުޅުންކަމަށެވެ.
މިއީ ވާދަވެރި މުބާރާތެއްގައި ވާދަކުރުމަށް ޖިބްރަލްޓާއަށް ލިބުނު ފުރަތަމަ މެޗެވެ. ޖިބްރަލްޓާ މެޗަކުން މޮޅުވެފައިވަނީ މީގެ 14 އަހަރު ކުރިންނެވެ.