އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން އަދި އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ވަގުތީގޮތުން ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ މަގާމަށް ހަމަޖައްސަވާފައި ވަނީ ލެފްޓިނަންޓް ކާނަލް މުޙައްމަދު ސަލީމް ކަމަށެވެ.

އެމްއެންޑީއެފް ބުނީ އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން އަދި އިންފޮމޭޝަން އޮފިސަރުގެ މަގާމަށް ވަގުތީ ގޮތުން ބޭފުޅަކު ހަމަ ޖެއްސެވީ އެ މަގާމުގައި ހުންނެވި މޭޖާ ހުސައިން އަލީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމުން ކަމަށެވެ. އޭނާ އެނބުރި މާލެ ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގު ކުރެއްވި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އިދާރާއެއްގައި އިންފޮމޭޝަން އޮފިސަރަކު ހުންނަން ޖެހެ އެވެ.