ސިފައިންގެ އެކިއެކި ޑިޕާޓްމަންޓް ތަކުގެ މެދުގައި ކުޅެވޭ އެލިއާ އެމްއެންޑީއެފް އިންޓަރ ޔުނިޓް 13 ވަނަ ބާސްކެޓްބޯޅަ މުބާރާތް ފަށައިފި އެވެ.

ދެ ޑިވިޝަނަކަށް ކުޅޭ މި މުބާރާތުގައި އެކި ޔުނިޓް ތަކުން 14 ޓީމެއް ވަނީ ބައިވެރިވެފައެވެ. އެއީ ފުރަތަމަ ޑިވިޝަން ގައި ހަތަރު ޓީމް އަދި ދެވަނަ ޑިވިޜަން ގައި ނުވަ ޓީމެކެވެ.

އެންއެންޑީއެފްގެ އިންޓަރ ޔުނިޓް ބާސްކެޓްބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ: އެމްއެންޑީއެފް

އެކުވެނި އައުޓް ޑޯ ބާސްކެޓްބޯޅަ ކޯޓުގައި މި މަހު ހަތަކުން ވިއްސަށް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޓައިޓްލް ސްޕޮންސާ ކޮށްފައި ވަނީ އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ކޯ ސްޕޮންސަރަކީ ބީ އެޗް އެމް ޓްރޭޑާސް އެވެ.

މި މުބާރާތް ފެށުމުގެ ގޮތުން އެކުވެނި އައުޓްޑޯ ބާސްކެޓް ކޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރެފްރީ އާ ބޯޅަ ހަވާލު ކޮށްދެއްވީ ސިފައިންގެއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ކާނަލް ރިޓަޔާޑް އިބްރާހިމް ޝައުކަތެވެ.
އެންއެންޑީއެފްގެ އިންޓަރ ޔުނިޓް ބާސްކެޓްބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ: އެމްއެންޑީއެފް

މި ރަސްމިއްޔާތުގައި ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ދެވޭ ވާދައިގެ ތަށި ދިވެހި ސިފައިންގެ ކްލަބާ ހަވާލުކޮށްފައިވެއެވެ. ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)ގެ ފަރާތުން ތަށްޓާ ހަވާލުވީ ކްލަބުގެ ނާއިބު ރައީސް ކާނަލް އިބްރާހިމް ރަޝީދެވެ.
ޝަރަފުވެރި މެހެމާނު ކާނަލް ރިޓަޔާޑް އިބްރާހިމް ޝައުކަތާއި ޑިފެންސް މިނިސްޓަރާއި އެހެނިހެން ބޭފުޅުން -- ފޮޓޯ: އެމްއެންޑީއެފް

މުބާރާތުގެ ފުރަތަމަ މެޗު ބައްލަވައިލެއްވުމަށްޓަކައި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ސިފައިންގެ ކްލަބުގެ ނާއިބު ރައީސް ކާނަލް އިބްރާހިމް ރަޝީދާއި ޔުނިޓްތަކުގެ ސިފައިން ވަޑައިގަތެވެ.