08 Sep 2014, 16:52
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ހެންވޭރު މާބަނޑޭރިއާގެ އަހުމަދު ޒުުހޫރު މިއަދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އައްޔަން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ ޒުހޫރު އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ ކުރިން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް މިއަދު ބަދަލު ކުރެއްވުމަށް ފަހު ކަމަށެވެ.
މުއާޒު ވިދާޅުވި ގޮތުގައި ޒުހޫރަކީ ކުރިން އެސްޓީއޯގެ ހެޑް އޮފް ޕްރޮކިއުމަންޓްގެ މަގާމު އަދާ ކުރެއްވުމުގެ އިތުރަށް އޮސްޓްރޭލިއާގައި ލެކްޗަރާއެއްގެ މަގާމު އަދާ ކުރެއްވުމުގެ އިތުރަށް އިންޖީނިއަރިން ދާއިރާ އިން އޮސްޓްރޭލިއާގައި މާސްޓާސް ނަންގަވާފައިވާ ބޭފުޅެކެވެ.