މިފްކޯ އިން ހަބީބް ބޭންކުގައި ހުޅުވާފައިވާ އެކައުންޓެއް ފްރީޒް ކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފި އެވެ.

ގއ. ވިލިނގިލީ، ކޯޒީގޭ، އާސިފް އަހްމަދު ހުށަހެޅި މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އެފަދަ އަމުރުތައް ނެރޭއިރު މައްސަލަ ރައްދުވާ ފަރާތުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިދާނެ ގެއްލުންތަކުގެ މައްޗަށް ވެސް ޝަރީއަތުން ބަލަންޖެހޭނެ ކަމަށެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެކައުންޓް ފްރީޒް ކުރަން އަމުރު ނެރޭ ކޮންމެ ހާލަތެއްގައި ވެސް އެ އަމުރެއް ނެރެން ޖެހުނު ސަބަބު ބަޔާން ކުރަންޖެހޭނެ ކަމަށެވެ.

އެކައުންޓް ފްރީޒު ކުރަން އަމުރު ނެރެފައިވަނިކޮށް ދައުވާކުރާ ފަރާތުން އެދޭ ފައިސާ ނުވަތަ އެކަމަށް ލަފާ ކުރެވޭ އަދަދުގެ ފައިސާ ކޯޓުގައި ޑިޕޮޒިޓްކޮށްފި ނަމަ އެ އެކައުންޓެއް އަންފްރީޒް ކުރަންޖެހޭނެ ކަމަށް ހައިކޯޓުން ކުރި ހުކުމްގައި ވެއެވެ.
މިފްކޯޓުގެ އެކައުންޓުތައް ފްރީޒު ކުރުމަށް ސިވިލް ކޯޓުން އަމުރު ނެރުނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. ނަމަވެސް ފަހުން އެ ކޯޓުން ވަނީ އެކައުންޓުތައް އަންފްރީޒްކޮށްފަ އެވެ.