މޯލްޑިވްސް ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު (އަންޑޭ) ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް ބަދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުންނާއިި އަންޑޭ ވަނީ އެކަން ސަން އަށް ޔަގީންކޮށްދެއްވައިފަ އެވެ.

އަންޑޭ ވިދާޅުވީ އެ ބަދަލަކީ އެ މަނިކުފާނާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ގެންނެވި ބަދަލެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އަންޑޭ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ކުރީގެ އެކޮނަމިކް މިނިސްޓަރު ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވީ ވަޒީރުންގެ ފެންވަރުގަ އެވެ. އަދި މިއަދު އެބްސެޑާ އެޓް ލާޖުގެ މަގާމަށް ބަދަލުކުރައްވާފައި ވަނީ ވެސް ވަޒީރުންގެ ފެންވަރުގައި ކަމަށް އަންޑޭ ވިދާޅުވި އެވެ.