އިންގްލެންޑް ޓީމުގެ ކޯޗު ރޯއި ހޮޖްސަން ބޭނުންވަނީ މޮޅުވާން ކަމަށާއި މަޝްހޫރު ވުމަކީ އެއް އިރެއްގެ ވެސް އަމާޒު ނޫން ކަމަށް އޭނާ ބުނެފި އެވެ.

ހޮޖްސަން ބުނީ އެއްވެސް އިރެއްގައި މަޝްހޫރުކަން ހޯދަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ، ވަޒީފާ ރަނގަޅަށް އަދާކުރުން ކަމަށެވެ.

"ދުވަހަކުވެސް މަޝަހޫރުކަން ހޯދާކަށް ނޫޅެން. އެއީ އަހަރެންނަށް އެހާ މުހިންމު ކަމެއް ނޫން. ހަމަ އެކަނި ވާން ބޭނުން ވަނީ މީހުން ގަދަރުކުރާ ވަރު މީހަކަށް ވާން. އަހަރެންނަށް ކުރެވޭ އެންމެ ރަނގަޅަކަށް ވަޒީފާ އަދާކޮށްގެން. އަހަރެން ވަރަށް ކުރާ ހިތުން އަދާކުރާ ވަޒީފާއެއް މިއީ،" އިންގްލޭންޑްގެ ކޯޗު ބުންޏެވެ.

ނޯވޭ އަތުން ވަރަށް އުނދަގުލުން އިންގްލެންޑު މޮޅުވިކަމަށް ބުނެ ނޫސްވެރިން، ޓީމުގެ މިސްރާބު ހުރިގޮތް އޮޅުފިލުވަން ސުވާލު ކުރުމުން ރޯއި ވަނީ ރުޅި ގަދަވެފައެވެ.

"އަހަރެންނަށް އިނގޭ ޓީމުން ފެންނަނީ އަދި އެންމެ ވަރުދަ ކުޅުމެއް ނޫން. ވޯލްޑު ކަޕުގައި ވެސް ހާލަތު ދިމާވީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން. އަހަރެން ގަބޫލު ކުރަން ބޭނުން ވަނީ އަހަރެމެންނަށް ކުރިއަށް ދެވިދާނެ ކަމަށް. އިތުރު ކާމިޔާބީ ތަކެއް ހޯދޭނެ ކަމަށް،" ރޯއި ބުންޏެވެ.

ރޯއި ބުނީ އިންގްލެންޑުން ސުވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި ކޮންމެ ގޮތެއް ހަދައިންވެސް މޮޅުވުން މުހިއްމު ކަމަށެވެ.

"އަހަރެން ބޭނުން ވަނީ ނަތީޖާ. އެ ހެޔޮ ގޯސްކޮށް ކުޅުނަސް. ރަނގަޅު ނަތީޖާއެއް ލިބެނިކޮށް. އުފާ ވާން އަހަރެމެން އަތުގައި ސަބަބެއް ނެތަސް އަހަރެމެން ދާނީ ކުރިއަށް،" ރޯއި ބުންޏެވެ.

ޔޫރޯ ކޮލިފައިން ގްރޫޕް "އީ"ގައި ސްވިޒަލޭންޑާ ދެކޮޅަށް އިންގްލޭންޑް ކުޅޭ މެޗު ކުޅޭނީ ރާއްޖޭގަޑިން މިރޭ 11:45ގަ އެވެ.