ތޯމަސް މުލާ ޖަހައިދިން ދެ ލަނޑާއެކު ޔޫރޯ 2016 ކޮލިފައިންގައި ޖަރުމަނު ކުޅުނު ފުރަތަމަ މެޗުން ރޭ ސްކޮޓްލޭންޑާ ވާދަކޮށް އެޓީމު މޮޅުވެއްޖެ އެވެ.

އާޖެންޓީނާ އާއި ދެކޮޅަށް ބުދަ ދުވަހު ކުޅުނު އެކުވެރިކަމުގެ މެޗުން 4-2 ލަނޑުން ޖަރުމަނު ބަލި ޖަރުމަނު ޓީމުން އިތުރު ހިތްވަރަކާއެކު ރޭގެ މެޗުގައި މޮޅުވި މޮޅުވި ނަމަވެސް ސްކޮޓްލޭންޑުން ވެސް ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ޑޯޓްމަންޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި މުލާ، ޖަރުމަނަށް ކުރި ހޯދައިދިނީ މެޗުގެ 18 ވަނަ މިނިޓުގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުގެ ނަތީޖާއަކުން ޖަރުމަނު ކުރި ހޯގައި އޮވެއެވެ.

ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން މެޗުގެ ދެވަނަ ހާފު އެއް ލަނޑުގެ ލީޑަކާ އެކު ފެށި ނަމަވެސް، ސްކޮޓްލެންޑުން ވަނީ، މެޗުގެ 66 ވަނަ މިނިޓުގައި ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެޓީމަށް ލަނޑު މިޑްފީލްޑަރު އިކެޗީ އާންޔާ އެވެ.

ދެޓީމުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުން ޖަރުމަނު މޮޅުކޮށްދިން ލަނޑު މުލާ ކާމިޔާބުކޮށްދިނީ ފަހު ހާފުގެ ފަހު މިނިޓުގަ އެވެ.