08 Sep 2014, 11:47
ފީފާގެ މެމްބަރު ކެނޯވާ ވެޓްސަން ގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކޮރަޕްޝަންގެ މައްސަލަ ތަފްސީލުކޮށް ކިޔައިދިނުމަށް އެ ޖަމްއިއްޔާގެ ފައިނޭންޝަލް މޮނިޓަރިންގް ޕެނަލުން ވެޓްސަންއަށް އަންގައިފި އެވެ.
ފީފާގެ އޮޑިޓް އެންޑް ކޮމްޕްލެއިންސް ކޮމިޓީގެ ޗެއާމަން ޑޮމެނިކޯ ސްކާލާ ވިދާޅުވީ، މި މައްސަލަ އާ ބެހޭގޮތުން ވެޓްސަން އާ ވާހަކަ ދައްކާފައިވާ ކަމަށެވެ.
" އަހަރުމެން ވެޓްސަން ކައިރިން އެހިން އޭނާއަށް މިކަމާ ބެހޭގޮތުން އަހަރުމެންގެ ޕެނަލާ މައުލޫމާތު ހިއްސާކޮށް ދެވިދާނެތޯ،" ލޯކަލް މީޑިއާ އަކަށް މައުލޫމާތު ދެއްވަމުން ސްކާލާ ވިދާޅުވި އެވެ.
ކޮރަޕްޝަންގެ އެކި މައްސަލަތަކުގައި އެންމެ ފަހުން ގޮސް ކޭމަން އައިލޭންޑްސް އިން އޮގަސްޓް 28 ވަނަ ދުވަހު ވެޓްސަން ހައްޔަރުކުރި ނަމަވެސް ހަމަ އެދުވަހު އޭނާ ވަނީ ދޫކޮށްލާފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވެޓްސަން އަކީ ނަހަމަ ގޮތުގައި މީހުން އަތުން ލާރި ހޯދައި އަދި 2010 ވަނަ އަހަރު ޕަބްލިކް ހޮސްޕިޓަލް ތަކަށް (ސްވައިޕް ކާޑް ބިލިންގެ ޓެކްނޮލޮޖީ) ފޯރުކޮށް ދިން މީހެކެވެ.
ކެނޯވާ ވެޓްސަން އަކީ ފީފާގެ ނާއިބު ރައީސް ޖެފްރޭ ވެބް އާއެކު މަސަތްކަތް ކުރާ ފީފާގެ ފައިނޭންޝަލް ޕެނަލުގެ މެނޭޖިންގެ ޑިރެކްޓަރެވެ. މީގެ އިތުރުން 2012 އިން ފެށިގެން ކޮންކަކާފް ގެ ރީޖަނަލް ބޮޑީގެ ރައީސްކަން ކުރައްވަމުން ގެންދަވަނީވެސް ވެޓްސަން އެވެ.
ދެން ފީފާގެ އޮޑިޓް އެންޑް ކޮމްޕްލެއިންސް ކޮމިޓީގެ ބައްދަލުވުމެއް އޮންނާނީ ޑިސެމްބަރު 16 ވަނަ ދުވަހު މޮރޮކޯ ގައެވެ.