07 Sep 2014, 23:07
މާލޭގައި މިރޭ ހިނގި މާރާމާރީއެއްގައި ޒުވާނެއްގެ ބޯ ފަޅާލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ މިރޭ 9:25 އެހައިކަންހާއިރު ޗާންދަނީ މަގު ޖިންގަލްސް ކައިރީ ހިނގި އެ މާރާމާރީގައި އަނިޔާ ލިބުނު މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެމާރާމާރީ ހިންގުމުގައި އެއްވެސް ހަތިޔާރެއް ބޭނުންކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި އެމީހާއަށް ސީރިއަސް އަނިޔާއެއް ވެސް ލިބިފައިނުވާ ކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.