އައްޑޫ ސިޓީގެ ހިތަދޫގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ޒުވާނަކު މަރުވެއްޖެ އެވެ.

މިއަދު ހަވީރު އައްޑޫ ލިންކު ރޯޑުގައި ހިނގި މި ނުރައްކާތެރި އެކްސިޑެޓުގައި މަރުވީ ސައިކަލެއްގައި ދުއްވާފައި ދިޔަ ދެމީހެކެވެ. އަދި އެ ދެމީހުން މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އައްޑޫ ލިންކު ރޯޑުގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓް -- ސަން ފޮޓޯ: ކިޔުންތެރިއެއް

ފުލުހުން ބުނީ މިއަދު ހަވީރު 5:45 އެހައިކަންހާއިރު ހިނގި އެ އެކްސިޑެންޓުގައި މަރުވެފައި ވަނީ ސ. ހިތަދޫ، ރާޙަތުއްޞަބާޙް، ޙުސައިން ޖުމާން ޢަލީ،18، އާއި ސ. ހިތަދޫ، އަސްރާމަންޒިލް، އިބްރާހީމް އަސްވަދު،27، ކަމަށެވެ.