07 Sep 2014, 17:55
ވޯލްޑް ކަޕުގެ ގަދަ ސޯޅައިން ކެޓުމަށްފަހު މެކްސިކޯ އާއި ޗިލީ ވާދަކުރި ރަހުމަތްތެރިކަމުގެ މެޗުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެ އެވެ.
މެކްސިކޯގެ ލެވިސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި މެކްސިކޯގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔައެވެ. އެކަމަކު މެކްސިކަން ފޯވަޑުންގެ ހުރަހަކަށް ވީ ޗިލީ ގޯލްކީޕަރު ގުއެލެމޯ އޮޗޮއާގެ އެވެ. ޚާއްސަކޮށް ދެވަނަ ހާފުގައި އޭނަގެ ކުޅުން ފާހަގަކޮށްލެވެ އެވެ.
ދެވަނަ ހާފު ފަށައިގެން 65 ވަނަ މިނިޓުގައި މެކްސިކޯގެ ޖިއޮވާނީ ޑޮސް ސަންޓޮސް އަށް ލަނޑު ޖަހާނޭ ރަނުގެ ފުރުސަތެއް ލިބުނެވެ. "ވަން އޮން ވަން" ސިޓުއޭޝަނެއްގައި ބޯޅަ ގޯލް ތެރެއަށް ވައްދާލަން ލިބުނު ފުރުސަތު ބޭކާރު ކޮށްލީ އަވަސް އަރުވާލުމަށްފަހު ހުރަސް ދަނޑި މަތިން ފޮނުވާލައިގެންނެވެ.
އޭގެ ތިން މިނިޓް ފަހުން ހަވިއާ އެންޓޯނިއޯ އޮރެބި އަށްވެސް ވަނީ ގޯލް ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މިޑްފީލްޑަރު ޕާލީޓާ ޕާސް ކޮށްލި ބޯޅަ އެންޓޯނިއޯ އަށް ގޯލާ އަމާޒެއް ނުކުރެވުނެވެ.
މެޗައްފަހު ޗިލީގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނީ މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ޗިލީ ކަމަށާއި މެކްސިކޯ އަށް ކަމެއް ކުރެވުނީ ކައުންޓާ އެޓޭކިންގައި ކަމަށެވެ.
މެޗު ބެލުމަށްޓަކައި ލެވިސް ސްޓޭޑިއަަމަށް 67000 އަށްވުރެ ގިނަ ސަޕޯޓަރުން ވަނީ ވަދެފައެވެ.