މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަން އިން އިންތިޒާމް ކޮށްގެން ބާއްވާ ގައުމީ 10 ބޯލް ބިލިއަޑް މުބާރާތް ރޭ ފަށައިފި އެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ 40 ކުޅުންތެރީން ވާދަކުރި ކޮލިފައިން ބުރެއް ކުޅެގެން ކޮލިފައިވި 16 ކުޅުންތެރިންނާއި ޤައުމީ ރޭންކިންގެ އެންމެ މޮޅު 16 ކުޅުންތެރިންނާ އެކު މުޅި ޖުމްލަ 32 ކުޅުންތެރިންނެވެ.

މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ 64 މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ޔޫތް ސެންޓަރުގެ ބިލިއަޑް ހޯލުގައި ކޮންމެ ރެއަކު 08:30 އިން 12:30 އަށެވެ.