މިހާރު ކުރިއަށްދާ ޓީ ޓްވެންޓީ ބްލާސްޓް 2014، ކުރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު ދެ މެޗުން މޮޅުވެ ވައިޑީޕީއާއި އިންޑިއާ ހައިކޮމިޝަންގެ އިންޑިއާ ބްލޫސް ވެސް މުބާރާތަކުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)އާއި ސްރީ ލަންކާ ހައިކޮމިޝަންގެ ޓީމުވަނީ، މުބާރާތުގެ ސެމީގެ ދެ ޖާގަ ކަށަވަރުކޮށްފައެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޓީ ޓްވެންޓީ ބްލާސްޓް 2014 ގެ ހަތްވަނަ މެޗު އިއްޔެ ވާދަ ކުރީ މާލޭ ސްޕޯޓްސް ކްލަބާއި ކްރިކެޓު ބޯޑުގެ ވައިޑީޕީއެވެ. ވައިޑީޕީން 17 ލަނޑުގެ މޮޅަކާއެކު ސެމީން ޖާގައެއް ހޯދިއިރު މާލޭ ސްޕޯޓްސް ކްލަބު ވަނީ މުބާރާތުން ބޭރުވެފައެވެ.

މުބާރާތުގެ އަށްވަނަ މެޗުގައި އެމްއެންޑީއެފް އާއި ބައްދަލުކޮށް 145 ލަނޑުން ސްރީލަންކާ ހައިކޮމިޝަން ވަނީ މޮޅުވެފައެވެ.

ފުރަތަމަ މެޗުގައި ޓޮސް ދިމާވުމުން ވައިޑީޕީ ކުޅެން އަރައި އަށް ކުޅުންތެރިން ނުބައިވެގެން އެޓިމުން ވަނީ 20 އޯވަރުގެ ތެރޭގައި 119 ލަނޑު ހަދާފަ އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ބޯޅައިން 40 ލަނޑު ހެދި މުހައްމަދު އަފްލާހާއި 26 ބޯޅައިން 18 ލަނޑު ހަދާފައިވާ އަހްމަދު ހަސަނެވެ.

މާލެ ސްޕޯޓްސް ކުޅެންއަރައި 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 102 ލަނޑު ހެދިއެވެ. އެންމެ ރަނގަޅު ކުޅުމެއް ދައްކާފައިވަނީ 22 ބޯޅައިން 22 ލަނޑު ހެދި މުހައްމަދު އަފްލާހާއި 26 ބޯޅައިން 18 ލަނޑު ހެދި އަހްމަދު ހަސަނެވެ.

ދެވަނަ މެޗުގެ ޓޮސް ދިމާވުމުން ލަންކާ ޓީމުން ކުޅެން އަރައި ފަސް ކުޅުން ތެރިން ނުބައިވެގެން 20 އޯވަރުގެ ތެރޭގައި ވަނީ 205 ލަނޑު ހަދާފައެވެ. އެޓީމުގެ ރޯޝަން މި މެޗުގައި 55 ބޯޅައިން 76 ލަނޑު ހަދާފައިވާއިރު މޯހަން ވަނީ 20 ބޯޅައިން 30 ލަނޑު ހަދާފައެވެ.

އެމްއެންޑީއެފް ކުޅެން އަރައި 14 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރީން ނުބައިވެގެން ހެދުނީ 60 ލަނޑެވެ. ލުއިސް 17 ލަނޑު ހެދިއިރު މުހައްމަދު ވަނީ 11 ލަނޑު ހަދަފައެވެ. ނިލަންތޫރާ ކޫރޭ ނުވަލަނޑަށް ހަތަރު ވިކެޓު ނަގާފައިވާއިރު ސިޔާމް ވަނީ 11 ލަނޑަށް ތިން ވިކެޓު އަދި ޝާފީ 19 ލަނޑަށް ދެ ވިކެޓު ނެގިއެވެ.

ދެން ކުރިއަށް އޮތް މެޗުގައި މާދަމާ ބައްދަލު ކުރާނީ ވެސްޓް ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝް ހައި ކޮމިޝަންގެ ޓީމެވެ.