ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ރާނީ މުކަރްޖީ ޗުއްޓީ ހޭދަކޮށްލުމަށް ދިވެހިރާއްޖެ އަށް އަތުވެއްޖެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރާނީ ޗުއްޓީ ހޭދަކުރުމަށް އިޚުތިޔާރުކޮށްފައި ވަނީ ވަން އޮންލީ ރީތިރަށް ރިސޯޓެވެ.

ރާނީ މުކަރްޖީ ރާއްޖޭގެ އެއާޕޯޓްގައި-- ސަން ފޮޓޯ ކިއުންތެރިއެއް

ރާނީ ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނު އެވެ.
ރާނީގެ މި ދަތުރުގައި އޭނާގެ ފިރިމީހާ އަދިއްތިޔާ ޗޯޕްރާ ވެސް ރާއްޖެ އައިސްފައިވެ އެވެ. އަދިއްތިޔާ އަކީ އިންޑިޔާގައި މަޝްހޫރު ފިލްމް ޑައިރެކްޓަރެކެވެ. އަދި ފިލްމް ޕްރޮޑިއުސަރެކެވެ.

ރާނީގެ އެންމެ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި، ކުޗު ކުޗު ހޯތާހޭ، ވީރް ޒާރާ، ކަބީ އަލްވިދަ ނާ ކެހެނާ އަދި ދާދި ފަހުން ރިލީޒް ކުރި ފިލްމް މަރްދާނީ ހިމެނެ އެވެ.