ބައިނަލްއަޤުވާމީ ރާޅާއެރުމުގެ މުބާރާތް، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް (އޭއެސްސީ)ގެ ޗެމްޕިއަން އިންޑޮނޭޝިޔާ ބާލީގެ ރެޑިޓިޔާ ރޯންޑީ ބަލި ކުރުމަށްފަހު ހުސައިން އަރީފް (އިބޫ) ފައިނަލުން ޖާގައެއް ހޯދައިފި އެވެ.

އަދާރަން ހުދުރަންފުށީގެ "ޅޮހިސް" ރާޅުގަނޑުގައި ކުރިއަށް ދިޔަ އޭއެސްސީ 2014 މެންސް އޯޕަންގައި މީގެ ކުރިން ތިންފަހަރު އެއްވަނަ ހޯދާފައިވާ ރޯންޑީ ބަލިކޮށް ފައިނަލަށް އިބޫ ދިޔައިރު ފައިނަލް އޮންނާނީ މިއަދު އެވެ.

އަދާރަން ހުދުރަން ފުށީގެ "ޅޮހިސް"

ބޮޑެތި ރާޅުތަކާ އެކު ވަރުގަދަ އުކުޅުތަކެއް ދައްކާލަމުން އަރީފް ވަނީ ފުރަތަމަ ރައުންޑުން މޮޅުވެފައެވެ.

އަރީފް ބުނީ އޭނާ އެއްގޮތަކަށްވެސް ފައިނަލަށް ދާނެ ކަމަށް ހީ ނުކުރާ ކަމަށާއި ރޯންޑީ ބަލިވުމުގައި ރާޅުގެ ރޯލެއްވެސް އުޅޭ ކަމަށެވެ.

"އަހަރެން އެއްގޮތަކަށްވެސް ހިޔެއް ނުކުރަން މި ރައުންޑުތަކުން މޮޅުވެގެން ފައިނަލަށް ދާނެ ކަމަކަށް. ރެޑިޓިޔާ ދެކޮޅަށް ކުޅުނު މެޗުގައި އަހަރެންނަށް ވަރުގަދަ ރާޅު ލިބުނު. އެކަމު އޭނާއަށް ލިބުނީ މާބޮޑަށް ކުދި ރާޅުތަކެއް. ހާލަތު ތަފާތު ނަމަ ހަމަ ގައިމުވެސް އޭނާ މޮޅުވާނެ. އެކަން ޔަގީން،" އަރީފް ބުންޏެވެ.
އޭއެސްސީ މޯލްޑިވްސް އޯޕަން 2014 ރާޅާއެޅުމުގެ މުބާރާތުގެ ތެރެއިން --

މުބާރާތުގެ ފައިނަލްގައި އަރީފް ކުރިމަތި ލާނީ ދުނިޔޭގެ މަޝްހޫރު 'ރިޕް ކާލް ޗެމްޕއަންޝިޕް' ކާމިޔާބު ކޮށްފައިވާ ބާލީގެ ގަރޫޓު ވިޑީއާޓާއާ އެވެ. ގަރޫޓު އޭނާގެ ދެބެންގެދެދަރި އަދީ ޕުޓްރާ ބަލިކޮށް، ކުއާޓާ ފައިނަލުން މޮޅުވެ ފައިނަލުން ޖާގަ ހޯދާފައިވަނީ އިންޑޮނޭޝިއާގެ ޑީޑީ ސުރްޔާނާ ސެމީ ފައިނަލުން ބަލިކޮށްގެނެވެ.
އޭއެސްސީ މޯލްޑިވްސް އޯޕަން 2014 ރާޅާއެޅުމުގެ މުބާރާތުގެ ތެރެއިން --

އޭއެސްސީ މޯލްޑިވްސް 2014 ގެ މެންސް އޯޕަން ކާމިޔާބު ކުރާ ފަރާތަކަށް 5000 ޔޫއެސް ޑޮލަރުގެ އިނާމެއް ވަނީ ހުށަހެޅިފައެވެ.