ގައުމީ އެއާލަިއން، މޯލްޑިވިއަންގެ ދެ ވަނަ ޖެޓް އެއާ ކުރާފްޓް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަިއ ގެނެވިގެންދާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުލްހާރިޝް ވިދާޅުވީ އެކުންފުނިން ދެން ގެންނަން ނިންމާފައިވަނީ "އެއާބަސް އޭތްރީ321" ގެ ފުލައިޓެއް ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ ފައިނޭންސް އާއި އެހެނިހެން ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން، އިރާދަކުރެއްވިއްޔާ މިއަންނަ ޖެނުއަރީ މަހުގެ ތެރޭގައި އެފުލައިޓް ގެނެވޭނެ" ހާރިޝް ވިދާޅުވިއެވެ.

ހާރިޝް ވިދާޅުވީ އެއާބަސްގެ އާ ފުލައިޓް ބޭނުންކުރާނީ ޗައިނާއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ކަމަށާއި މޯލްޑިވިއަންގެ އަމާޒަކީ ޗައިނާއިން ރާއްޖެ ގެންނަ ޓޫރިސްޓުންގެ ނިސްބަތް އިތުރުކުރުން ކަމަށެވެ.

މިހާރު މޯލްޑިވިއަން އިން ބޭނުންކުރަނީ އެއާބަސް އޭ320 މަރުކާގެ އެންމެ ބޯޓެކެވެ. އެބޯޓަކީ 152 ސީޓުގެ ބޯޓެކެވެ. އޭގެތެރޭގައި ހިމެނެނީ 14 ބިޒްނަސް ސީޓާއި 138 އިކޮނޮމީ ސީޓެވެ. އަލަށް ގެންނަ ބޯޓް އެއެއާބަސްއަށް ވުރެ ބޮޑުވާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.