06 Sep 2014, 12:52
ރ. އަތޮޅު އިފުރަށް ބޮޑު ހިލަ ބާލަމުން ގެންދަނިކޮށް ފަރަށް އެރި ބަނޑަކާއި ޓަގު ބޯޓު ފުންކޮށްފި އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އިފުރު ފަރަށް އަރާގައި އޮތް ޓަގު ބޯޓާއި ބަނޑު ފުން ކުންކުރުމުގެ މަސައްކަތް ކޮށްފައިވަނީ އިއްޔެ ހެނދުނު ކަމަށެވެ. އަދި އެ ހާދިސާގައި ބޯޓަށާއި ބަނޑަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަަމަށް ވެސް އޭނާ ބުންޏެވެ.
ޓަގު ބޯޓާއި ބަނޑު ފުންކުރުމުގެ މަސައްކަތްކޮށްފައިވަނީ އެމްއެމް އެކްސްޕްރެސް ގެ ފަރާތުންނެވެ.
އެމްއެމް އެކްސްޕޯޓްގެ ބަނޑާއި ޓަގު އިފުރު ފަރަށް އަރާފައިވަނީ މިދިޔަ ބުދަ ދުވަހު އައި ބާރު ގަދަ ކޮޅިގަނޑެއްގައި ކަހާލައިގެން ގޮސްގެންނެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.