06 Sep 2014, 00:39
ޓީޖެޓީ ސަރަހައްދުގައި ބިދޭސީއަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ 11:20 އެހައިކަންހާއިރު ކަމަށެވެ.
އެ ހާދިސާގައި ބިދޭސީ މީހާގެ ނޭފަތް ކައިރިން "ތަނެއް ފަޅައިގެން" ގޮސްފައިވާ ކަމަށާއި އޭނާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ބެހޭގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.