ގދ. ފަރެސްމާތޮޑާ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް، 356914 ރުފިޔާއަށް، އެމްފާރޫގު ކުންފުންޏާ ހަވާލު ކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި އިއްޔެ ހަވީރު ބޭއްވި ރަސްމިޔާތުގައި އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. އެ ރަސްމިޔާތުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި އެ އެއްބަސްވުމުގެ ދަށުން އެ ސެންޓަރުގެ ކަރަންޓު ވިއުގަ އާއި ޕޯޓިކޯ މަރާމާތުކުރުން ހިމެނެ އެވެ. އަދި އެ ސެންޓަރުގެ ދޮރާއި ދޮރުފަތްތައް ބަދަލުކުރުން ވެސް އެ މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.

އެ ރަސްމިޔާތުގައި މިނިސްޓަރު ނާޒިމް ވަނީ އެއްބަސްވުމުގައިވާ މުއްދަތައް މަސައްކަތް ނިންމުމަށް ކޮންޓެކްޓަރު ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އެ މަސައްކަތް ނިންމުމުގައި ރައްޔިތުންގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ހޯދަދިނުމަށް އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރުގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

އެމްފާރޫގާ އެކު ހެލްތު މިނިސްޓްރީ އިއްޔެ ސޮއިކުރި އެއްބަސްވުގައިވާ ގޮތުން ފަރެސްމާތޮޑާ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް 50 ދުވަސް ތެރޭގައި ނިންމަންޖެހެ އެވެ.