04 Sep 2014, 20:00
ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް މަރާމާތު ކުރަން އަމިއްލަ މީހަކާ ހަވާލުކޮށްފި އެވެ.
ދ. އަތޮޅު ހޮސްޕިޓަލުގެ މަރާމާތްތައް ކުރުން ހަވާލުކޮށްފައި ވަނީ ވަނީ އެ ރަށު ބްލޫހައުސް، މުހައްމަދު ނައީމުއާ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި 66 ދުވަހުގެ ތެރޭ ނިންމާ ގޮތަށް، 434،825 ރުފިޔާ އަށެވެ.
ހެލްތް މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ރަސްމިޔާތުގައި ދ. އަތޮޅު ހޮސްޕިޓަލް މަރާމާތު ކުރަން ހަވާލު ކުރި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. އަދި މުހައްމަދު ނައީމްގެ ފަރާތުން ސޮއި ކުރެއްވީ ކުޑަހުވަދޫ، ރޯޝަނީވިލާ، އިބްރާހިމް ހަލީމެވެ.
ހެލްތް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލުގެ ފާހަނާތަކާއި ފުރާޅު މަރާމާތު ކުރާނެ އެވެ. އަދ ދޮރުފަތްތައް ބަދަލުކުރުމާއި ސީލިންގް ބަދަލުކުރުން ވެސް ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.