04 Sep 2014, 19:47
ފުވައްމުލަކުގައި ސްނޯކްލިންއަށް ގޮސްއުޅުނު ދިވެހި ޒުވާނަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުވައްމުލަކުގައި ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މަރުވީ ގ. ފެންފިނި އަހްމަދު ނާއިލް ނަސީރު ކަމަށެވެ.
މީޑިއާ އޮފިޝަލް ހަވީރު 5:45 އެހައިކަންހާއިރު ހިނގި އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރަށުތެރެ ޕެޓްރޯލްކުރަން އުޅެނިކޮށް ކަމަށެވެ.
ފުލުހުންގެ އެހީތެރިކަމާ އެކު އިރުއޮއްސި 6:05 އެހައިކަންހާއިރު އެ ޒުވާނާގެ ހަށިގަނޑު ޏ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ގެންދިޔައިތު ވެސް އޮތީ މަރުވެފައި ކަމަށެވެ.