ސ. މަރަދޫގައި ކުޑަ އަންހެން ކުއްޖަކަށް ބަނގުރާ ދީގެން ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މީގެ ދެ ދުވަސް ކުރިން ހުށަހެޅި އެ މއްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށެވެ.

އަދި އެމައްސަލައާ ގުޅިގެން އިއްޔެގެ ވަގުތެއްގައި މީހަކު ހައްޔަރު ކޮށްފައިވާ އިރު، ތުހުމަތު ކުރެވޭ އިތުރު މީހުން ހޯދަމުން އަންނަ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސްކޫލްގައި ކިޔަވާ އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރުމާ ގުޅިގެން ލިބުނު އަނިޔާތައް އެނގޭނީ އެ ކުއްޖާގެ މެޑިކަލް ރިޕޯޓު ލިބުމުން ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ތަނަކަށް ގެންގޮސް ބަނގުރާ ދީގެން ކަމަށެވެ.