04 Sep 2014, 11:10
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުމުގެ މައްސަލާގައި 5000 އަށް ވުރެ ގިނަ މީހުންގެ ސޮއޮޔާ އެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް މިއަދު ހުށަހަޅައިފި އެވެ.
ރިލްވާންގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީ އަށް ޕެޓީޝަން ހުށަހަޅާފައި ވަނީ ރިލްވާންގެ އާއިލާގެ ފަރާތުންނެވެ.
އެ ޕެޓީޝަން ހުށަހެޅުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ރިލްވާންގެ ބޭބޭ މޫސާ ޜިލްވާން ބުނީ މިއަދު މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީ އަށް ހުށަހެޅި އެ ޕެޓިޝަނުގެ ސަބަބުން އޭނާގެ ކޮށްކޮ ހޯދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަަމަށެވެ.