03 Sep 2014, 15:15
ދުނިޔޭގެ ޗެންޕިއަން ޖަރަމަނުގެ ގައުމީޓީމުގެ އާ ކެޕްޓަނަކަށް ބަސްޓިއަން ޝްވެއިންސްޓެއިގާ ހަަމަޖައްސައިފި އެވެ.
ޝްވެއިންސްޓެއިގާ ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ ކުރިން އެ ޓީމުގެ ކެޕްޓަނުކަން ކުރަމުން އައި ޕިލިޕް ލާމް ގައުމީޓީމަށް ކުޅުން ހުއްޓާލުމުންނެވެ.
ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ރަގަޅަށް ނުހިގޭތީވެ ޖަރުމަނު ކުޅުމަށް މިހާރު ހަަމަޖެހިފައިވާ ދެ މެޗުގައި ވެސް އުމުރުން 30 އަހަރުގެ ޝްވެއިންސްޓެއިގާ ނުފެންނާނެ އެވެ. ޔޫރޯ ކޮލިފައިން ގައި ސްކޮޓްލެންޑާއި ދެކޮޅަށް ޖަރުމަނު ނުކުުތުމުގެ ކުރިން މިރޭ، އެންމެ ފަހުހެ ވޯލްޑްކަޕްގެ ފައިނަލްގައި އެޓީމާ ދެކޮޅަށް ވާދަކުރި އާޖެންޓީނާއާ ދެކޮޅަށް ޖަރުމަނު ނުކުންނާނެ އެވެ.
މިރޭގެ ފުރަތަމަ އެގާރައަށް ޖަރުމަނު ކޯޗު ޔއަކިމް ލޯ ބަދަލުތަކެއް ގެންނާނެކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ޖަރުމަނުގެ ޕިލްޕް ލާމް އާއި މިރޮސްލާވް ކްލޯސާ އާއި ޕާމާޓްސެކާ ފަދަ ކުޅުންތެރިން ގައުމީޓީމަށް ކުޅުން ހުއްޓާލުމުން ފުރަތަމަ އެގާރައަށް މިކުޅުންތެރިން ނެތްތަންތަނަށް އާ ކުޅުންތެރިންނަށް ޖާގަ ދޭނެ ކަމަށް ބެލެވެ އެވެ.
ޖަރުމަނުގެ ކޯޗު ލޯ ވަނީ އޭނާގެ އެސިސްޓެންޓަކަށް އާކޯޗެއް ހަމަޖައްސާފަ އެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން އެ ޓީމުގެ އެސްސިޓެންޓް ކޯޗުގެ މަގާމް އަދާކުރަމުންއަި ހެންސީ ފިލްކް އެގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ސްޕޯޓިން ޑިރެކްޓަރުކަމަށް ވަނީ ހަމަޖައްސާފަައެވެ.
ޖަރަމުނުގެ ކޯޗުގެ އެހީތެރިޔަކަށް ހަމަޖައްސާފައިވަނީ ކުރިން ސުޓްރަޓްގާޓްގެ ކޯޗަކަށް ހުރި ތޯމަސް ޝްނެއިޑާ އެވެ.