03 Sep 2014, 10:13
ރެއިން ފެށިގެން މާލެ އަަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ ހުރިހާ މަގުތަކެއްގައި ފެންބޮޑުވެއްޖެ އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި، ހިނގާބިނގާ އުޅުމަށް މީހުންނަށް ވަނީ ދަތިތަކާއި ކުރިމަތިވެފައި --- ސަން ފޮޓޯ: މުރުޝިދު އަބްދުލް ހަކީމް
މާލެ ފެންބޮޑުވެފައިވާ އިރު ދުއްވާ އެއްޗިއްސަށާއި މީހުން ހިނގައި އުޅުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. ބޮޑުތަކުރުފާނުމަގުގައި އެއްކޮށް ހެން ފެންބޮޑުވެފައިވާ އިރު އޮފީސްތަކަށް ދިއުމަށް ހުޅުމާލެ އިން މާލެ އަށް އައި ގިނަ މީހުން ދުއްވާ އެއްޗިއްސަށް އެރީ ވެސް އަރައިގެން ތިބި ބޫޓުތައް ތެންމާލައިގެންނެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި، ސައިކަލު ދުއްވާ މީހުންނަށް ވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައި --- ސަން ފޮޓޯ: މުރުޝިދު އަބްދުލް ހަކީމް
"މި ނޫން ގޮތެއް ނެތެއްނު. ބޫޓް އެއްކޮން ތެންމާލައިގެން ނޫނީ ނެތް ދެވޭކަށް. ގަޑި ނުޖެހި ދާން ބޭނުމިއްޔާ އޮތީ މި ގޮތް،" ސަރުކާރު އޮފީހެއްގައި މަސައްކަތް ކުރާ މީހަކު ފެންގަނޑެއް ހުރަސްކުރަމުން ބުންޏެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި، ސައިކަލު ދުއްވާ މީހުންނަށް ވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައި --- ސަން ފޮޓޯ: މުރުޝިދު އަބްދުލް ހަކީމް
މާލޭ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން މިއަދު ގިނަ ބަޔަކު އޮފީސްތަކަށް ދިޔައީ ވެސް ގަޑި ޖެހިގެންނެވެ.
"ކާރު ފެންގަނޑު ތެރެއިން އަންނަނިކޮށް ފުރަތަމަ އޭގެ އެއްބައި ނެއްޓުނީ. ދެން އެ ކާރުން ފައިބައިގެން ޖެހުނީ އެހެން ކާރަކަށް އަރަން. ދެން އެހެން ކާރެއްގައި އޮފީހަށް މިއައީ. ފެންގަނޑު ބޮޑުވީމާ އެހާ މަޑުން ކާރު އަންނަނީވެސް. އެކަމާ ހުރެ ގަޑިވެސް ޖެހުނީ،" މީޑިޔާއެއްގައި މަސައްކަތްކުރާ އަހްމަދު ޖައިޝަން އޭނާ އަށް ދިމާވި ގޮތް ކިޔާދިނެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި، ހިނގާބިނގާ އުޅުމަށް މީހުންނަށް ވަނީ ދަތިތަކާއި ކުރިމަތިވެފައި --- ސަން ފޮޓޯ: މުރުޝިދު އަބްދުލް ހަކީމް
މާލެގައި ފެން ބޮޑުވުމުގެ ސަބަބުން މާލެ އަށް ޒިޔާރަތްކޮށްގެން އުޅޭ ބައެއް ޓޫރިސްޓުންނަށް ވެސް މަގު ހުރަސް ނުކުރެވިގެން ޕޭވްމަންޓްމަތީ މަޑުކޮށްގެން އެތައް އިރެއްވަންދެން ތިބި އިރު ހޮސްޕިޓަލުތަކަށް ދާމީހުންނާއި ޒަރޫރީ އެހެން ބޭނުންތަކަށް ދާން ޖެހޭ މީހުނަށް ވަނީ އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި، ހިނގާބިނގާ އުޅުމަށް މީހުންނަށް ވަނީ ދަތިތަކާއި ކުރިމަތިވެފައި --- ސަން ފޮޓޯ: މުރުޝިދު އަބްދުލް ހަކީމް
ބޯކޮށް ވާރޭ ވެހިއްޖެ ނަމަ މާލެގައި ފެންބޮޑުވުމަކީ އާންމު ކަމަކަށްވީ ނަމަވެސް މިއަދު ފެންބޮޑުވެފައި ވަނީ އެހެން ދުވަސްތަކާ ހިލާފަށް ވަރަށް ބޮޑަށް ކަމަށް ވެސް ގިނަ މީހުން ފާހަގަ ކުރެ އެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި، ހިނގާބިނގާ އުޅުމަށް މީހުންނަށް ވަނީ ދަތިތަކާއި ކުރިމަތިވެފައި --- ސަން ފޮޓޯ: މުރުޝިދު އަބްދުލް ހަކީމް