02 Sep 2014, 12:06
ޕެންޝަން އޮފީގެ ބޯޑާއި ކްލެމެންސީ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަދަލުގެންނަވައިފި އެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ހަމަޖެއްސެވީ އައްޑޫ ސިޓީ ހިތަދޫ، ވާރުގޭ އާތިފާ އަލީއާއި، ޅ. ހިންނަަވައިރު، ބޮޑުފެންޑާގޭ މުމްތަޒިމް އިބްރާހީމެވެ.
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފައްދާފައިވާ ކްލެމެންސީ ބޯޑަށް އެ ގާނޫނުގެ 11 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން، ޕެރޯލް ބޯޑުގެ ފަރާތުން ހުންނަވާ މެންބަރަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވަނީ ށ. މަރޮށީ ދަބުމާގޭ މޫސާ އަންވަރެވެ.