18 Jan 2011, 10:21
ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ހެންވޭރު މާލޭތިލަ ޢަލީ ޙުސައިންދީދީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޢައްޔަން ކުރައްވައިފި އެވެ.
ޔޫރަޕިއަން ޔޫނިއަނަށް ދިވެހި ރާއްޖެ އިން ކަނޑައަޅާ ސަފީރު ކަމަށް ޢަލީ ޙުސައިންދީދީ، ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.