ގދ. ތިނަދޫ ފަޅުތެރޭގައި ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ބަންގްލަދޭޝް މީހަކު މަރުވެއްޖެ އެވެ.

މިރޭ 7:00 އެހައިކަންހާއިރު ތިނަދޫ ފަޅުތެރޭގައި އެ އެކްސިޑެންޓު ހިނގާފައި ވަނީ ރޮބިންސަން މޯލްޑިވްސްގެ ލޯންޗަކާއި ވެލިނަގަން އެ ރަށުގައި ދުއްވާ ޑިންގީއެއް ޖެހިގެންނެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ ހާދިސާގައި މަރުވި ބަންގްލަދޭޝް މީހާއަކީ އެ ޑިންގީ ދުއްވި މީހާ ކަމަށެވެ. އެކްސިޑެންޓަށްފަހު، އޭނާ މަރުވެފައި އޮއްވާ ފެނުނީ ޑިންގީގެ އެތެރޭގައި އޮއްވާ ކަމަށް ތިނަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާގެ ހަށިގަނޑު މިހާރު ވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައި އެވެ.