31 Aug 2014, 15:30
މ. ކޮޅުފުށީ ކައުންސިލްގެ ބައި އިލެކްޝަން އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮޅުފުށީ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް ކައުންސިލަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ 18ވާ ހޮނިހިރު ދުވަހު ކަމަށެވެ.
އެ އިއުލާންގައި ބުނެފައި ވަނީ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މާދަމާ ހެނދުނު 8:00 އިން ފެށިގެން 14ވާ އާދީއްތަ ދުވަހުގެ ހަވީރު 3:00 އާ ހަމައަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ކޮޅުފުށީ ކައުންސިލްގެ ބައި އިލެކްޝަންސް އިއުލާންކޮށްފައި މިވަނީ އެ ކައުންސިލްގެ ރައީސް އިބްރާހީމް ރަޝީދު ކައުންސިލަރު ކަމުން އިސްތިއުފާދެއްވުމުންނެވެ.