31 Aug 2014, 11:41
ގދ. ހޯނޑެއްދޫއިން މަހަށްނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ އެވެ.
މަހަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔައީ މ. ގޯލްޑަން ލައިޓް އުމުރުން 62 އަހަރުގެ އަބްދުﷲ ފައްތާހު އެވެ.
ފުލުހުން ބުނީ އޭނާ ފެނުނީ ރޭ މެންދަމު 2:30 އެހައިކަންހާއިރު އަމިއްލައަށް ގެއަށް ދިޔުމުން ކަމަށެވެ.
އެމީހާ ފެނިފައި މިވަނީ އޭނާ ގެއްލިފައިވާކަން މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ހޯނޑެއްދޫ ކައުންސިލާ ގުޅިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.