ވޮޝިންޓަން : ހުނުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ އެންމެ މުހިއްމު ފަސްކަންތަކުގެ ތެރޭން އެއްކަންތައް ކަމަށް ހިތުގެ ބަލިތަކާބެހޭ އެމެރިކާގެ އެންމެ މަޝްހޫރު އެއްޑޮކްޓަރު ކަމަށްވާ ހޮލީ އެންޑްރޮސަން ދެކެވަޑައިގަންނަވައެވެ.

އެމެރިކާގެ ޢިލްމީ މަޖައްލާއެއްގައި އޭނާގެ ލިޔުއްވާފައިވާ މަޒްމޫނަކާ ޙަވާލާދީ ޔޫ.ބީ.އައި. ބުނިގޮތުގައި ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ އެންމެ މުހިއްމު ދެވަނަ ކަމަކީ ކޮލެސްޓްރޯލް ލެވެލް މަތިވިޔަނުދީ ހިފެހެއްޓުމެވެ. މިއީ ކަސްރަތުކޮށްގެންނާއި ސިއްޙީ ކާނާކައިގެން ހިފެހެއްޓިދާނެ ކަމެކެވެ.

ތިންވަނަ ކަމަކީ ދުވާލަކު މަދުވެގެން 30 މިނިއްޓު ހިނގުމާއި އެއަށްފަހު ކުޑަވަގުތު ކޮޅަކު ކަސްރަތު ކުރުމެވެ. ކަސްރަތު ކުރުމަކީ ލޭގެ ޕްރެޝަރ މައްޗަށް ދިޔުމުގެ ފުރްސަތު ކުޑަކޮށްދޭ ކަމެއްގެ އިތުރުން ކޮލޮސްޓްރޯލް ލެވެލްވެސް ހިފެހެއްޓޭނެ ކަމެކެވެ. ކޮންމެ ދުވަހަކު 30 ހަކަށް މިނިއްޓު ހިނގައި އަދި ކަސްރަތު ކުރުމުން ނިދި ރަނަގަޅުވެ ހަށިގަނޑުގެ ވަރުބަލިކަމާއި ލޮޑުކަން ނައްތާލައި ސިކުނޑީގެ މަސައްކަތް ރަނގަޅުކޮށްދޭނެ ކަމަށް އޭނާ ލިޔުއްވާފައިވެއެވެ. އެންޑްރޮސަން ލިޔުއްވާފައިވާ ގޮތުގައި ދުވާލަކު 15 ވަރަކަށް މިނިއްޓު ބާރަށް ހުނުމަކީ 30 މިނިއްޓު ކަސްރަތު ކުރުމުން ހިތަށާއި ހިތާ ގުޅިފައިވާ އާޓިރޭ ތަކަށާއި ލޭހޮޅިތަކަށް ލިބޭވަރުގެ ބޮޑު ފައިދާއެއް ލިބޭނެ ކަމެކެވެ.

ހަތަރުވަނަ ކަމަކީ އެއްބާވަތެއްގެ ކާނާ ކެއުމުގެ ބަދަލުގައި ގިނަބާވަތްތަކުގެ ކާނާ ބޭނުންކޮށްގެން މެދުމިނަކަށް ކެއުން ބެހެއްޓުމާއި އުނަގަނޑުގެ ވަށައިގެން ލޮކިމަސް މަސްޖެހުމުގެ ފުރްސަތުނުދީ އަދި އުނަގަނޑު ފަލަވިޔަ ނުދީވޭތޯ ބެލުމެވެ.

ފަސްވަނަ ކަމަކީ ރަނގަޅަށް ނިދުމެވެ. އަރާމު ނިދި ނިދުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުކޮށްދީ ސިކުނޑީގެ ސެލްތަކަށް އަރާމު ލިއްބައިދޭ ކަމެކެވެ.