30 Aug 2014, 15:00
ހައުސް މޭޑުންގެ ގޮތުގައި ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރުން ވެސް އިމިގްރޭޝަނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ހައުސް މޭޑުން ގެނައުމަށް އެމްލޯއީމަންޓް އެޕްރޫވަލް ދޫކުރުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 30ގެ ނިޔަލަށް މެދުކަނޑާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ހައުސް މޭޑުން ގެނައުމަށް ހޯދަން ޖެހޭ ކޯޓާ ދޫކުރުން މެދުކަނޑާލީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް އިމިގްރޭޝަނުން މިހާރު ކުރިއަށްގެންދާ މަސައްކަތްތުގެ ދަށުން ކަމަށެވެ.
އިމިގްރޭޝަނުން މީގެ ކުރިން ވެސް ވަނީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ އާއި ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގިނަ އަދަދެއްގެ ބިދޭސީން އުޅުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލު ކުރުމުގެ ގޮތުން ދަނޑުވެރިކަމާއި ފެހުމާއި ބޯކޮށުމުގެ މަސައްކަތަށް ގެންނަ ބިދޭސީންގެ ކޯޓާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.