30 Aug 2014, 14:57
ސިފައިންގެ ކުރީގެ ކޮމާންޑަރުކަން ކުރައްވާފައިވާ މުހައްމަދު އިބްރާހީމް (ކަރޯ ޅަތުއްތު) ރޭ ނިޔާވެއްޖެ އެވެ. އެމްއެންޑީއެފުން ބުނީ ސިފައިންގެ ހިދުމަތުން ޝަރަފްވެރިކަމާ އެކު ވަކިވެވަޑައިގެންފައިވާ ކަރޯ ޅަހުއްތު ނިޔާވީ ސްރީލަންކާގެ ނިއު އާސިރީ ހޮސްޕިޓަލުގައި، ފުއްޕާމޭގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަނިކޮށް، ރޭ ރާއްޖެ ގަޑިން މެންދަމު 01:00 ހާއިރު ކަމަށެވެ. ކަރޯ ޅަތުއްތަކީ، ސިފައިންގެ އަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވައި ސިފައިންގެ ސަރުދާރުގެ މަގާމު (އޭރުގެ ސިފައިންގެ އެންމެ އިސް މަގާމު) 1963 އިން 1969 އަށް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ކަރޯ ޅަތުއްތުގެ މައްޗަށް ޣައިބުގައި ކުރެވޭ ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ސިފައިންގެ މަރުކަޒުތަކުގެ މިސްކިތްތަކުގައި މިއަދުގެ އަޞުރު ނަމާދަށްފަހުގަ އެވެ. އަދި ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާ އެކު ވަކިވެވަވަޑައިގެންފައިވާ ސިފައިންނަށް ކަޅު ތުއްކަލާކޮށީގެ މިސްކިތުގައި ކުރެވޭ ކަރޯ ޅަހުއްތުގެ ކަށު ނަމާދުގައި ބައިވެރިވެރިވެވޭނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.