28 Aug 2014, 11:44
ސަރުކާރުގެ ފަރާތުން ތިމަރަފުށި ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އެކްސްޓްރެޑިޝަންގެ ބިލު ބަލައިގެންފި އެވެ.
އެ ބިލު މަޖިލީހަށް އިއްޔެ ބަލައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ޖުމަލް 15 މެންބަރުން ބަހުސްކުރައްވާފައިވެ އެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 13 އޯގަސްޓް 2014 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ. މި ބިލު ބަލައިގަތުމާއިގުޅިގެން ދިރާސާކުރެއްވުމަށްވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވިފަ އެވެ.