ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް، ދަފްތަރު މުޙައްމަދު ޞާދިގު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިއްޔެ އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކުރި ބަޔާނެއްގައި ބުނީ ފުލުހުންގެ ގާނޫނުގައިވާ ގޮތުގެ މަތިން، ފުލުހުންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވައި، ދުވަހުން ދުވަހަށް ހިންގައި ބެލެހެއްޓުމުގައި ކޮމިޝަނަރު އޮފް ޕޮލިސްއަށް އެހީތެރިވެދިނުމަށް ޓަކައި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު ޢައްޔަންކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވާތީ، ފުލުހުންގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން، ޞާދިގު އެ މަގާމަށް އައްޔަން ކުރެއްވީ ކަމަށެވެ.
ޞާދިގު މިހާތަނަށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގަ އެވެ.