އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ނ. ކެނދިކުޅުދޫން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކުޑަ އަންހެން ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާކުރާ ކަމަށް ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލަ އަކާ ގުޅިގެން ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ރޭ ހައްޔަރުކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 52 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ މައްސަލަ ތަހުގީގު ކުރި އިރު، އެ ދެ މީހުންނަކީ ތަކުރާރުކޮށް އެއްޖިންސުން ގުޅުން ހިންގަމުން ދިޔަ ބައެއްކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަނަދޫ ކޯޓަށް ގެންދިއުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް 52 އަހަރުގެ މީހާ އަށް 15 ދުވަހުގެ މުއްދަތު އަދި 17 އަހަރުގެ ކުއްޖާ އަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.