26 Aug 2014, 23:41
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ފިލިޕީންސްގެ އަންހެނަކު ފުލުހުންގެ ބަންދުގައި ހުރެ ވިހައިފި އެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި އަމަރު ފީނާ ނަމަކަށް ކިޔާ އެ އަންހެން މީހާ ވިހެއިތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި އެ އަންހެން މީހާ ވިހެއި ދަރިފުޅުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ސަރުކާރުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަންހެން މީހާ ރާއްޖެ އައި އިރުވެސް އޭނާ އިނީ ބަލިވެ ކަމަށެވެ.
ރާއްޖެ މަސްތުވާތަކެތި އެތެރެކުރި ތަފާތު މައްސަލަތަކުގައި ފިލިޕީންސްގެ އިތުރު ތިން މީހަކު މިހާރު ވެސް ފުލުހުންގެ ބަންދުގައި އެބަތިއްބެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ފިލިޕީންސް މީހެއްގެ ޝަރީއަތް މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ.
މީގެއިތުރުން ރާއްޖެ މަސްތުވާތަކެ ތިއެތެރެކުރި ތައިލޭންޑުގެ ދެ އަންހެނަކާއި އެފްރިކާގެ އަންހެނަކު ވެސް ފުލުހުންގެ ބަންދުގައި އެބަހުއްޓެވެ.