ސްޕެނިޝް ލަލީގާގައި ރަޔޯވަލްކާނޯއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި އެތުލެޓީކޯ ބަލިވީ އެ ޓީމުގެ ކޯޗު ސަސްޕެންޝަނުގައި ހުރުމުން ސަބަބުން ކަމަށް ގަބޫލް ނުކުރާ ކަމަށް ކޯޗު ޑިއެގޯ ސިމިއޯނީ ބުނެފި އެވެ.

އެތުލެޓީކޯ ކޯޗު ސިމިއޯނީ ވަނީ ސްޕެނިޝް ސްޕަކަޕުގެ ދެ ވަނަ ލެގުގައި ރެފްރީގެ ނިންމުންތަކާ ހިތްހަމަ ނުޖެހިގެން ބަދަލު ރެފްރީ ގައިގައި އަތްލުމުގެ ސަބަބުން އަށް މެޗަށް ސަސްޕެންޑްކޮށްފަ އެވެ. މިދިޔަ ސީޒަންގައި ކުޅުނު މެޗުތަކުގައި ސިމިއޯނީ ކޯޗު ކުރަމުންދަނިކޮށް އޭނާއަށް ވަނީ ފަސް ރީނދޫކާޑު ދައްކާފަ އެވެ.

ރޭގެ މެޗުގައި ކޮރޭޝިޔާގެ މާރިޔޯ މުޒްކިޗް ވަނީ ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތުތަކެއް ލިބި ބޭކާރު ކޮށްލާފަ އެވެ. އެތުލެޓިކޯ މެޑްރިޑްގެ ކީޕަރު މިގުއެލް އޭންޖަލް މޯޔާވަނީ ރަޔޯ ކުޅުންތެރިން ގޯލަށް ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

މެޗަށްފަހު ސިމިއޯނީ ބުނެފައި ވަނީ އޭނާ ބެންޗުގައި އިން ނަމަވެސް ރޭގެ މެޗުގައި ނުކުންނާނީ ހަމަ އެ ނަތީޖާ ކަމަށާއި ކުޅުންތެރިންގެ ފަރާތުން މެޗުގައި ވަރަށް ބޮޑަށް ވަރުބަލި ކަން ފާހަގަވެގެން ދިޔަ ކަމަށެވެ. ޖެހިޖެހިގެން މެޗުތައް ކުޅުމުގެ ސަބަބުން ކުޅުންތެރިންގެ ކޮންސަންޓްރޭޓް ދައްވި ކަމަށް އޭނާ ބުންޏެވެ. ސިމިއޯނީ އިތުރަށް ބުނެފަައި ވަނީ ދެ ވަނަ ހާފްގައި މޮޅަށް ކުޅުނީ އިދިކޮޅު ޓީމު ކަމަށެވެ.

ސިމިއޯނީ ސަސްޕެންޝަނުން އެނބުރި އަންނަންދެން އެ ޓީމަށް އިރުޝާދު ދެނީ އެސިސްޓެންޓް ކޯޗު ޖަރުމަނުގެ ބޫގޯސެވެ.