26 Aug 2014, 14:20
ސްޕެނިޝް ލަލީގާގައި ރެއާލްމެޑްރިޑު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް އެ ޓީމުގެ ފެށުން ފެށުން ރަނގަޅު ކޮށްފި އެވެ.
ލަލީގާގައި މިފަހަރު އަލަށްވާދަ ކުރާ ކޮރޮޑޯބާ ވާދަކޮށް ރެއާލް މޮޅުވީ 2-0 ލަނޑުންނެވެ. ރެއާލުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ ވަނީ ފުރަތަމަ ހާފުގެ 30 ވަނަ މިނިޓްގައި އެ ޓީމުގެ ފްރާންސް ތަރި ކެރިމް ބެންޒީމާ އެވެ. މިއީ މާޗް މަހުގައި ބާސެލޮނާ ކޮޅަށް ބެންޒީމާ ލަނޑު ޖެހި ފަހުން އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ރެއާލް މެޑްރިޑުގެ ސަންތިއާގޯ ބޭނަބޫ ދަނޑުގައި ކުޅުނު މެޗުގައި ކޮރޮޑޯބާއިން ވަނީ ދެ ވަނަ ހާފްގައި އޮފްސައިޑުގައި ހުރެ ރެއާލްގެ ގޯލަށް ބޯޅަ އެއް ފޮނުވާފަ އެވެ. ކުރީގެ އިނގިރޭސި ކުލަބް ނިއުކާސަލް އަށް ކުޅުނު ސިސްކޯ ގޯލަށް ބޯޅަ ފޮނުވާލިއިރު ހުރީ އޮފްސައިޑްގައި ކަމަށް މެޗުގެ ރެފްރީ ވަނީ ނިންމާފަ އެވެ.
ރެއާލްގެ ދެ ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ އެންމެ ފަހު މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯ ރެއާލް މެޑްރިޑަށް ކުޅުނު 250 މެޗުން ކާމިޔާބު ކުރި 255 ވަނަ ލަނޑެވެ. ރޮނާލްޑޯ ވަނީ 2009 ވަނަ އަހަރުގެ ސީޒަންގައި އޭރިޔާ ބޭރުން 30 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. މިއީ ލަލީގާގައި އެއްވެސް ކުޅުންތެރިޔަކަ ހެދިފައިވާ ރެކޯޑެއް ނޫނެވެ.
އެ މެޗުގައި މި ސީޒަނަށް ރެއާލް މެޑްރިޑާ އަލަށް ގުޅުނު ޖޭމްސް ރޮޑްރިގޭޒް އާއި ޓޯނީ ކުރޫސް ވަނީ ފުރަތަމަ އެގާރައިގައި ކުޅެން ނުކުމެފަ އެވެ.