25 Aug 2014, 21:15
އައިލެންޑް ބްރޯޑްކާސްޓިން ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އައި "ވީޓީވީ އެކްސްޓްރާ"އަށް ބްރޯޑްކާސްޓް ކުރަން ފެށުމަށް ދީފައިވާ މުއްދަތުގައި ބްރޯޑްކާސްޓްކުރަން ފަށާފައި ނުވާތީ އެ ލައިސަންސް ބާތިލް ކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކަނޑައަޅާފައިވާ ތާރީހުން ފެށިގެން 12 މަސްދުހުގެ ތެރޭގައި ބްރޯޑްކާސްޓް ކުރަން ފަށާފައި ނުވާނަމަ ލައިސަންސް ބާތިލްވާނެކަން ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދުގައި އަންގާފައިވާނެ ކަމަށެވެ.
އެހެންކަމުން ހިދުމަތް ފެށުމަށް ކަނޑައަޅާފައިވާ ތާރީހުގައި އަދި އޭގެ ފަހުން ހިނގާ 12 މަސްދުވަހު ބްރޯޑްކާސްޓް ކުރަން ފަށާފައި ނުވާތީ އެ ކޮމިޝަނުން ވީޓީވީ އެކްސްޓްރާގެ ވެރިފަރާތައް ދޫކޮށްފައިވާ ލައިސަންސް ބާތިލްކޮށްފައި ވާކަމަށް އެވއިއުލާނުގައި ބުނެފައިވެއެވެ.
ވީޓީވީ އެކްސްޓްރާއަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކޮށްފައި ވަނީ 15 މާޗް 2012ގައެވެ.