25 Aug 2014, 17:11
ޖަރުމަނު ލީގުގައި ރޭ ސްޓަޓްގާޓް އާއި މޮންޗެންގްލަބާޗުން ކުޅުނު މެޗު 1-1 ލަނޑުން އެއްވަރު ވެއްޖެ އެވެ.
މޮންޗެންގްލަބާޗްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެޓީމުކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ. ފުރަތަމަ ހާފްގައި މޮންޗެންގްލަބާޗްގެ ބިރްނިމްރް ހޯގްޓާއަށް ވަނީ ލަނޑުޖަހާނޭ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 51 ވަނަ މިނިޓްގައި ސްޓަޓްގާޓަށް ކާމިޔާބުކޮށްދިނީ ރޫމޭނިޔާ މިޑްފީލްޑަރު އެލެކްސެންދުރަ މެކްސިމް އެވެ.
މެޗުގެ ނަތީޖާ އެއްވަރު ކުރި ލަނޑު މޮންޗެންގްލަބާޗަށް ކާމިޔާބު ކޮށްދިނީ ދެވަނަހާފްގައި ކުޅެން ނުކުތް ޖަރުމަނުގެ ވޯލްޑްކަޕްގެ ތަރި ކްރިސްޓޮފް ކްރޭމާ އެވެ. މިލަނޑު ކްރޭމާ ކާމިޔާބުކުރީ މެޗުގެ އެންމެ ފަހު ވަގުތުގައެވެ.
ޖަރުމަނު ލީގުގައި ރޭ ޕެޑަބޯން އާއި މެއިންޒް ވާދަކުރި މެޗު ނިމިގެން ދިޔައީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ.