24 Aug 2014, 23:29
އައްޑޫ ސިޓީގެ ފޭދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު ޒަޚަމްވެއްޖެ އެވެ.
ފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ މިރޭ 11:00 އެހާކަންހާއިރު ފޭދޫ ބަނދަރު ސަރަހައްދުގައި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ސައިކަލް ދުއްވުމުގެ ސަބަބުން ކަމަށާއި ޒަޚަމްވި ދެ މީހުންނަށް ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ފޭދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ސަން"އަށް މިރޭ ވިދާޅުވީ އެކްސިޑެންޓުގައި ޒަޚަމްވި ފޭދޫ ސްކޫލުގެ ދަރިވަރަކާއި ޒުވާނަކަށް އެ މަރުކަޒުގައި ފަރުވާ ދީފައިވާ ކަމަށެވެ.
"މިރޭ ހިނގި އެކްސިޑެންޓުގައި ޒަޚަމްވި ދެ މީހުންނަށް ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުން. އޭގެ ތެރެއިން އެކަކީ ފޭދޫ ސްކޫލުން ސާނަވީ ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެއް. އަދި ދެވަނަ މީހަކީ ޒުވާނެއް. މި ދެ މީހުންގެ ތެރެއިން ސްކޫލް ކުއްޖާގެ ގައިގެ އެކިތަންތަނުން ހަން މަށައިގެން ގޮސްފައިވޭ. އަދި ޒުވާނާގެ ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އަނިޔާވި ދެމީހުންނަށް ވެސް ފަރުވާ ދިނުމަށްފަހު ރޭ ވަނީ ދޫކޮށްލާފަ އެވެ.