24 Aug 2014, 13:53
މަގުމަތިން ހިނގާފައި ދިޔަ އަންހެނަކަށް މިއަދު ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ބަނގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ މަޖީދީމަގު، ގަލޮޅުދަނޑު ކައިރިން ހިނގާފައި ދިޔަ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން 29 އަހަރުގެ ބަނގްލަދޭޝް ފިރިހެނަކު މިއަދު 11:30 އެހާކަންހާ އިރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެމީހާ ހައްޔަރު ކޮށްފައި ވަނީ މެދު އުމުރުގެ އަންހެން މީހާ ހިނގާފައި ދަނިކޮށް އަންހެން މީހާގެ މޭމަތީގައި ހިފުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ވަގުތު އެ ސަރަހައްދުގައި ތިބި އާންމުންނާއި ބަނގްލަދޭޝް މީހާއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށެވެ. އަދި އެމީހާ ހައްޔަރު ކުރުމަށް ފަހު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.