ރާއްޖޭގެ އެކި ރިސޯޓުތަކާއި ހޮޓާތަކުގައި މަސައްކަތް ކުރާ ކައްކާއިންނަށް ހާއްސަކޮށް "ކަލިނަރީ ޗެލެންޖް" ގެ ނަމުގައި ކެއްކުމުގެ މުބާރާތެއް ފަށައިފި އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އެގްޒިބިޝަންގެ ތެރެއިން ކުރިއަށް ގެންދާ އެ ޗެލެޖްގައި ރާއްޖޭގެ އެކި ރިސޯޓްތަކާއި ހޮޓާތަކުން 300 އަށްވުރެ ގިނަ ކައްކާއިން ބައިވެރިވެފައިވެ އެވެ. އެއީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކަލިނަރީ ޗެލެންޖެވެ.

ބައިނަލް އަގުވާމީ ފެންވަރުގައި ކުރިއަށް ގެންދާ އެ ޗެލެންޖާ ބެހޭ ގޮތުން ފުޑް އެންޑް ހޮސްޕިޓަލިޓީ އެގްޒިބިޝަން އިންތިޒާމުކުރާ ދިވެހި އެކްސްޕޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަޖުމަލް "ސަން"އަށް ވިދާޅުވީ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް އާއި ގުޅިގެން މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ މަތީ ފެންވަރުގެ ކަލިނަރީ ޗެލެންޖް ކަމަށެވެ.'

އޭނާ ވިދާޅުވީ މިހާރު ކުރިއަށްދާ އެގްޒިބިޝަންގައި ރާއްޖޭގެ ޗެފުންނަށް ހާއްސަކޮށް އެސޯސިއޭޝަން އެއް ލޯންޗު ކުރާނެ ކަމަށާއި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ ފެކަލްޓީ އޮފް ޓޫރިޒަމް ސްޓަޑީސް އެންޑް ހޮސްޕިޓާލިޓީގެ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފުޑް އެންޑް ހޮސްޕިޓަލިޓީ އެގްޒިބިޝަން މި މަހު 26 ވަނަ ދުވަހާ ހަމައަށް ދަރުބާރުގޭގައި ކުރިއަށް ގެންދާނެ އެވެ.