Last Updated: 1 decade 1 year ago
މަންޒަރު ދުއް މީހަކު "ސަން"އަށް މިރޭ ބުނީ އެ ހާދިސާ ހިނގާފައި ވަނީ ޝޭޑީކޭބިން އުތުރު ގޯޅީގައި ކަމަށެވެ. އިސްކަންދަރު ސްކޫލް ކުރިމަތިން އޮންނަ "ފުޑްބޭންކް" ހުންނަ "ދިދި ގޯޅީ"ގައި ހިންގި މާރާމާރީގައި ޒަހަމްކޮށްލި ތިން މީހުންގެ ގައިން އޮހޮރުނު ލޭ މަގު މަށްޗަށް އެޅިފައި އެބަ ހުއްޓެވެ.
އެސަރަހައްދުގައި ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި ޒަހަމްވި ތިން މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ދާދިދެންމެއަކު ވިދާޅުވީ މާރާމާރީއާ ގުޅިގެން މިހާތަނަށް ދެ މީހަކު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނައިރު އޭގެތެރެއިން އެކަކު އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައިވާ ކަމަށެވެ. އަދި ދެވަނަ މީހާއަށް ޕްރޮސީޖާ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަރުވާއަށްފަހު އެ ދެ މީހުން ހޮސްޕިޓަލުން ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް މައުލޫމާތު ލިބޭ.