ތިލަފުށީގައި މިއަދު ދޯންޏެއް އެހެލަން އުޅެނިކޮށް ހިނގި އެކްސިޑެއްޓެއްގައި ބިދޭސީއަކު މަރުވެއްޖެ އެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި ތިލަފުށީގައި ހުންނަ އެމްޓީސީސީ ސައިޓުގައި ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ބަނގުލަދޭޝްގެ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދޯނި އެހެލަން ބޭނުންކުރާ އެއާ ބޭގެއް ފަޅައިގެން ދިއުމުގެ ސަބަބުން ބިދޭސީ މީހާ ވިއްސައިގެން ގޮސް އަނިޔާތަކެއް ލިބުނު ކަމަށެވެ. އެމީހާ އައިޖީއެމްއެޗަށް ގެންދިޔައީ މެންދުރު 1:30 އެހައިކަންހާއިރު އެވެ.

އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު 5:30 އެހައިންހާއިރު އޭނާ މަރުވެފއި ވަނީ އެތެރެހައްޓަށް ލިބުނު ބޮޑު ޒަޚަމްތަކެއްގެ ސަބަބުން ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.